ads
މ.ވީނަސްގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ތަން
މ.ވީނަސްގޭ އަލިފާނުގެ ހާދިސާ، 3މީހަކަށް ވަގުތީ ހިޔާވަހިކަން
މ.ވީނަސްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 3 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފިއެވެ.
Advertisement

މ.ވީނަސްގޭގެ ހަތްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ ހިނގީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައިއެވެ. އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އެ ސަރަހައްދަށް ގޮސް އަލިފާން ވަނީ ނިންވާލާފައެވެ. 

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މ. ވީނަސްގައި މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެގޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެ އޮތޯރިޓީގެ ފަރާތުން ކުރަމުން ގެންދާކަމަށެވެ. އެގޮތުން 3 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ހަމަޖައްސަައި ދީފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ. 

މި އަލިފާނުގެ ހާދިސާގައި އެ އިމާރާތައް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އިމާރާތަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށް ފާރުތަކާއި ސީލިން ވަނީ ކަޅުވެފައެވެ. 

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަަބަބެއް ކަމާއި ގުޅޭ އިދާރާއަކުން އަދި ނުބުނެެއެވެ. އެހެންނަމަވެސް އާއްމުވެފައިވާ ފޮޓޯތަކަށް ބަލާލުމުން ބެލެވެނީ އަލިފާން ރޯވެފައިވަނީ އެގޭގެ ކަންކަން އުދާފައި ހުރި އެއްޗެއްގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް