ads
ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރަން މާފުށީގައި އޮޕަރޭޝަން ކުރަނގި ފެށުން: އެރަށުން އެކަނި މިހާތަނަށް 805 ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ --- ފޮޓޯ/ މިނިސްޓްރީ
ބިދޭސީންގެ ބަޔޯމެޓްރިކްސް، އަޕްޑޭޓް ނުކޮށްފިނަމަ އެކްސްޕެކްޓް ސިސްޓަމް އިން މެދުކަނޑާލަނީ
ގްރޭޓާ މާލޭ ސަރަހައްދުގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސިންގެ ބައޯމެޓްރިކްސް (ފިންގާ ޕްރިންޓް އަދި ފޯޓޯ) ދީފައިވާ މުއްދަތުގައިި އަޕްޑޭޓް ނުކޮށްފިނަމަ ، އެފަރާތްތައް އެކްޕެކްޓް ސިސްޓަމް އިން ކަނޑާލާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ގްރޭޓ މާލޭ ސަރަހައްދުގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ މާޗް މަހުގެ 15ގެ ކުރިން ވަޒީފާ ދޭ ފަރާތުން ހޯމް މިނިސްޓްރީގެ ފޮރިން ލޭބާ ޑިޕާޓްމަންޓްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. 

އަދި އެ މުއްދަތު ތެރޭގައި  ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް  އެކްސްޕެކްޓް ސިސްޓަމް އިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ  ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތދެއެވެެ.

ގްރޭޓާ މާލޭ ސަރަހައްދުގައި  ބިދޭސީންގެ މަޔޯމެޓްރިކްސް ނެގުމާއި އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒްކުރުމަށް އެކަށައަޅާފައިވާ އެނެމެހާ ކަންކަން ވިލަރެސްކޮށް ކޯޑިނޭޓް ކުރަމުންދަނީ އެންސީއައިޓީގައި މި އޮޕަރޭޝަންއަށް ހާއްސަކޮށް ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުންނެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 22:00އެ ސެންޓަރުން ހިދުމަތް ދޭނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ މަސައްކަތް ކުރުމަށް ބޭނުންވާ އިތުރު މައުލޫމާތުހޯދުމަށް  7690228 ނުވަތަ 

[email protected] އަށް މެއިލް ކޮށްލުމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އޮޕަރޭޝަން "ކުރަނގި" ފެށިފަހުން މިހާތަނަށް 18919 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި 194 ރަށެއްގައި މަސައްކަތް ފަށައި 50 ރަށެއްގައި އެ މަސައްކަތް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5613 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ޑިޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ޑީޕޯޓްކުރި މީހުންގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުންނާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވި ބިދޭސީންނާއި، ހަށި ވިއްކުމާއި ޖިނާއީ ބޮޑެތި ކުށްތަކުގައި ޝާމިލުވި ބިދޭސީން ހިމެނެއެވެ. 

ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް މަގާމާއި ހަވާލުވެޑައިގަތުމަށްފަހު ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.  އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަންނަނީ ރެއިޑްތައް ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް