އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އިންޝުއަރެންސް ކުންފުނިތަކުން ޖުމްލަ 2.02 ބިލިއަން ރުފިޔާގެ ޕްރިމިއަމް ދޫކޮށްފައިވެ އެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި 600 މިލިއަން ރުފިޔާ، ދެ ވަނަ ކުއާޓާގައި 478.2 މިލިއަން ރުފިޔާ، ތިން ވަނަ ކުއާޓާގައި 445.5 މިލިއަން ރުފިޔާ، އަދި ހަތަރު ވަނަ ކުއާޓާގައި 499.3 މިލިއަން ރުފިޔާގެ ޕްރިމިއަމް ދޫކޮށްފައިވެ އެވެ.
މި މުއްދަތުގައި އިންޝުއަރެންސް ކުންފުނިތަކުން އެންމެ ގިނައިން ދޫކޮށްފައިވަނީ ހެލްތު އިންޝުއަރެންސް ޕްރިމިއަމްތަކެވެ. އެގޮތުން 617.6 މިލިއަން ރުފިޔާގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް ދޫކޮށްފައިވާއިރު، ހެލްތު އިންޝުއަރެންސް ކްލެއިމްސްގެ ގޮތުގައި 341.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އިންޝުއަރެންސް ކުންފުނިތަކުން ޖުމްލަކޮށް ކްލެއިމްސްގެ ގޮތުގައި ދޫކޮށްފައިވަނީ 683.8 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު އިންޝުއަރެންސް ކުންފުނިތަކަށް 246.5 މިލިއަން ރުފިޔާގެ ފައިދާވެސް ލިބިފައިވެ އެވެ.