ads
އައިޖީއެމްއެޗް
ހޮސްޕިޓަލްގައި ސާޖަރީތައް ހުއްޓާލި ވާހަކަ އައިޖީއެމްއެޗް އިން ދޮގުކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އައިޖީއެމްއެޗް ގައި ސާޖަރީތައް ހުއްޓާލި ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.
Advertisement

ސޯޝަލް މޑިއާގައި މިއަދު ދައުރުވަމުންދިޔަ ޕޯސްޓެއްގައި ވަނީ އައިޖީއެމް ގައި ސާޖަރީތަކަށް ބޭނުންވާ ބޭސިކް އަދި ކްރިޓިކަލް ކޮންސިއުމަބަލްސް ނެތުމުގެ ސަބަބުން ހުރިހާ ސާޖަރީތަކެއް ހުއްޓާމާފައިވާކަމަށް ބުނެފައެވެ. އަދި އެހެންކަމަށްވުމާއެކު ހަމައެކަނި ކުރިއަށް ދާނީ އެމަޖެންސީ ސާޖަރީތައް ކަމަށް އެ ޕޯސްޓްގައި ބުނެއެވެ.

ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އައިޖީއެމްއެޗްގެ ރަސްމީ އެކައުންޓުން ވަނީ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ހަބަރުތައް އެއީ ހަގީގަތާ ހިލާފު ދޮގު ވާހަަކަތަކެއް ކަަމަށް ބުނެފައެވެ.

"މި ހޮސްޕިޓަލުގެ އެއްވެސް ސަޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަގީންކަން އަރުވަން" އައިޖީއެމްއެޗްއިން ބުނެއެވެ.

އޭގެއިތުރުން އައިޖީއެމްއެޗްއިން ވަނީ އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، އެފަދަ ހަގީގަތާ ހިލާފު މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ޒިންމާދާރުކަމާ އެކު މައުލޫމާތު ފެތުރުމަށް ވެސް އެ ވަނީ ނަސޭހަތްތެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް