ads
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް
އެސޯސިއޭޝަންތަކުގެ މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިސްނަގައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލު އިސްނަންގަވައި މުހިންމު މަސައްކަތްތަކެއް ފައްޓަވައިފިއެވެ.
Advertisement

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ތޮލާލު ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތް ފަހުން އެންމެ އިސްކަމެއް ދެއްވާފައިވަނީ އެސޯސިއޭޝަންތަކާއެކު ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށެވެ. އަދި އެ މައްސަލަތަކަށް ހައްލު ހޯދުމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް މަސައްކަތް ކުރައްވާފައިވެއެވެ.

ތޮލާލު ފާހަގަކުރެއްވި ގޮތުގައި ބައެއް އެސޯސިއޭޝަންތަކުގައި އިންތިހާބުތައް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި ކަންކަން ހައްލުކުރުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މީގެ އިތުރުން، އެސޯސިއޭޝަންތަކާއި ކޮމިޝަނަރ އޮފް ސްޕޯޓްސްއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށްވެސް އިސްކަމެއް ދެއްވާފައިވެއެވެ.

މިއަހަރުގެ ތެރޭގައި އަލުން އެސޯސިއޭޝަންތަކާއެކު ބައްދަލުވުންތަކުގެ އާ ބުރެއް ފެށުމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުގައި އެސޯސިއޭޝަންތަކުގެ އިތުރު ބޭނުންތަކާއި، ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުން އިތުރަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް