ads
ރައީސް ޑރ މުޢިއްޒު، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސްގެ އެސްޓޯނިއާ ދަތުރުގެ ހަރަދު ހާމަކޮށްފި: 1.3 މިލިއަން ރުފިޔާ
ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.3 މިލިއަން ރުފިޔާ ހޭދަކުރެވުނު ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
Advertisement

މި އަހަރުގެ ޖެނަވަރީ 13 އިން 17 އަށް ކުރެއްވި މި ދަތުރުފުޅަށް ސަރުކާރުން ޖުމުލަ 1،371،069.18 ރުފިޔާ ހޭދަކުރި ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ. ނަމަވެސް، މި ފައިސާ ހޭދަކުރެވުނު ކަންކަމުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުތައް ހާމަކުރާއިރު ތަފްސީލު ވެސް ހާމަކުރަމުން އައި ކަން ފާހަގަކުރެވެއެވެ.

އެސްޓޯނިއާގެ ރައީސް ޑރ. އަލާރާ ކަރިސްގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި ހާރިޖީ މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގެންނެވިއެވެ.

ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޑިޖިޓަލް އިނޮވޭޝަން، ސައިބަރ ސެކިއުރިޓީ އަދި އީ-ގަވަރނެންސްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އިލްމު ހިއްސާކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ދަތުރުފުޅުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އީޖާދުތަކާއި ތިމާވެށީގެ ވިލުންތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް