ads
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް
ވަޖީހު އެމްޕީއެލްގެ އެމްޑީކަމުން ވަކިކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު ވަޖީހު އިބްރާހީމް، ވަކިކޮށްފިއެވެ.
Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބުނީ ވަޖީހް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން މިއަދު ވަކިކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީ އަކުން ނުބުނެއެވެ. 

މި ސަރުކާރުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޖީހު އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގައެވެ.

އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން ވިޔަފާރީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ވަޖީހު ވަނީ ނުވަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެމްޕީއެލްގައި އެކި މަގާމުތައް ފުރުއްވާފައެވެ. އޭގެތެރޭގައި އެމްޕީއެލްގެ ޖެނެރަލް މެނޭޖަރުކަމާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ފުރުއްވިއެވެ. ތައުލީމީ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައިވާ ވަޖީހު ވަނީ ފުވައްމުލަކު ސްކޫލެއްގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. 

ވަޖީހަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުންގެ ބަފާބެއެވެ. ވަޖީހުގެ ދަރިކަލުން އަހުމަދު ހިޝާމް ވަޖީހު ހުންނެވި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައެވެ.

ވަޖީހް މަގާމުން ވަކިކޮށްފައި މިވަނީ ޓްއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް އެމަގާމުން ކުއްލި ގޮތަކަށް ވަކިކުރިތާ ހަފްތާއެއްވެސް ނުވަނީސްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް