ads
ފޮރިން މިނިސްޓްރީ
ގައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދިވެހިރާއްޖެއިން މަރުހަބާ
ގައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
Advertisement

މި އެއްބަސްވުމާ ގުޅޭގޮތުން އަލް ގާހިރާގައި ބޭއްވުނު "އަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުމުގެ ނިންމުންތަކަށް ވެސް ދިވެހި ސަރުކާރުން ތާއީދުކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ގައްޒާގެ ހާލުގައި ޖެހިފައިވާ ހުރިހާ ސަރަހައްދަކަށް ލަސްނުކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި މި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްވެސް ހުރަހެއް ނުބެހެއްޓުމަށް ގޮވާލާފައިވެއެވެ.

ގައްޒާ އަލުން އާރާސްތުކުރުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅިފައިވާ ހުށަހެޅުމަށް ވެސް ދިވެހިރާއްޖެއިން މަރުހަބާ ކިޔާފައިވެއެވެ. މީގެއިތުރުން، 1967 ގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަކީ މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ކަމުގައި ދިވެހި ސަރުކާރުން ދެކޭކަން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް