ads
ރައީސް ޑރ. މުއިއްޒު ހއ. އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވައިފި
ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައެޅުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިރުޝާދު ދެއްވައިފިއެވެ.
Advertisement

މިކަން ނިންމެވީ މިއަދު ހެނދުނު ބޭއްވުނު މިނިސްޓަރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ހޯމް މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅިގެން ބޭއްވުނު މަޝްވަރާތަކުގައި، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައިސީޓީ ދާއިރާގެ ހިއްސާ އިތުރުކުރުމަށް ނިންމާފައިވެއެވެ. އަދި ޑިޖިޓަލް އިގްތިސާދުގެ މަންފާ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ޓެކްނޯލޮޖީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްތަކެއް ފެށުމަށްވެސް ނިންމާފައިވެއެވެ.

މި މަސައްކަތުގެ ދަށުން، ސަރުކާރުގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުމާއި، އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން ހިމެނެއެވެ. މީގެ އިތުރުން، ޑިޖިޓަލް ރޮނގުން އަހުލުވެރި މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ތައުލީމީ މުގައްރަރުގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ބައިތައް އިތުރުކުރުމަށްވެސް ނިންމާފައިވެއެވެ.

ލޯކަލް ފަސްޓް ސިޔާސަތުގެ ދަށުން، ސަރުކާރުގެ އައިސީޓީ ހިދުމަތްތައް ހޯދުމުގައި ދިވެހިންނަށް އިސްކަންދިނުމަށްވެސް ނިންމާފައިވެއެވެ. އަދި ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް