ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ރިޔާސީ ބަޔާން އިއްވާ ދުވަހު އައިޖީއެމްއެޗްގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ
ފެބްރުއަރީ 6 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވުމާ ގުޅިގެން އެދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، އައިޖީއެމްއެޗްގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
Advertisement

އައިޖީއެމްއެޗްއިން ނެރުނު ހާއްސަ އިއުލާނެއްގައި ބުނި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުން ދެމުންގެންދާ އެންމެހާ ހިދުމަތްތައް އާންމު ދުވަސްތަކެކޭ އެއްގޮތަށް ލިބެން ހުންނާނެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު ރައްޔިތުންގެ މަޖިލީހުގައެވެ. މި ބަޔާނުގައި ރައީސް މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކާއި ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހާމަކުރައްވާނެއެވެ.

ސަރުކާރު ބަންދު ދުވަހެއްގައިވެސް ހޮސްޕިޓަލްތަކުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެކަން އަންގާލުމަކީ މުހިންމު ކަމެއް ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް