ސިޓީ ކައުންސިލުން ބުނީ މަޖީދީމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ އެ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބްލޮކްތަކަށް ބަހާލައިގެން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާތީކަމަށެވެ. އެހެންކަމުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 9 ވަނދުވަހުގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ބަދަލާއި އެކު މަޖިދީދީމަގުގެ ވަކި ހިސާބެއްގައި ވެހިކަލް ނުދެއްވޭނެއެވެ.
މަޖީދީމަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަޖީދީމަގުގެ ޗާންދަނީ މަގުން ފެށިގެން އިރަށް އޮތް ބައި ވަނީ ޕޭވްމަންޓާއި މަގު އުސްކޮށްފައެވެ.
ފެންބޮޑުވުން ހައްލުކުރުމަށް ސިޓީ ކައުންސިލުން މަގު އުސްކުރާތި އެކަމުންވެސް ހައްލެއް ނުވާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.