މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 5 ޕަސަންޓުގެ ކުރިއެރުމެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުގައި ދައްކާގޮތުން، 2023 ވަނަ އަހަރު ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓު ހުރީ 66 ޕަސަންޓުގައެވެ. ނަމަވެސް 2024 ވަނަ އަހަރު މި އަދަދު ވަނީ 71 ޕަސަންޓަށް މައްޗަށް ގޮސްފައެވެ.
މުޅި ޓޫރިޒަމް ދާއިރާއަށް ބަލާއިރު، 2024 ވަނަ އަހަރު އޮކިއުޕަންސީ ރޭޓު ވަނީ 59 ޕަސަންޓަށް އަރާފައެވެ. އަދި ސަފާރީ އުޅަނދުތަކުގެ އޮކިއުޕަންސީވެސް ވަނީ 26 ޕަސަންޓަށް އިތުރުވެފައެވެ.
އެހެންނަމަވެސް، ގެސްޓްހައުސްތަކާއި ހޮޓާތަކުގެ އޮކިއުޕަންސީ ރޭޓު ވަނީ ދަށްވެފައެވެ. ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ 35 ޕަސަންޓަށް ދަށްވެފައިވާއިރު، ހޮޓާތަކުގެ އޮކިއުޕަންސީ ވަނީ 28 ޕަސަންޓަށް ދަށްވެފައެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2024 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި 61,739 އެނދު ވަނީ ރަޖިސްޓަރީ ކުރެވިފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 177 އެނދުގެ އިތުރުވުމެކެވެ.