ads
ރައީސް ޑރ.މުހައްމަދު މުއިއްޒު
މިއަދުން ފެށިގެން ސިނގިރޭޓް ބުއިން ހުއްޓާލަން ރައީސް އެދިވަޑައިގެންފި
ސިނގިރޭޓް ބުއިމުގެ ނުބައި އާދައިން ދުރުވުމަށް މިއަދުން ފެށިގެން އަޒުމް ކަނޑައެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވަައިފިއެވެ.
Advertisement

އެމަނިކުފާނު މިހެން ގޮވާލެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4 ވަނަދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައެވެ. 

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ކެންސަރު ބަލި ޖެހެން އެންމެ ބޮޑަށް ދިމާވާ ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުންކަމަށެވެ. އެހެންކަމުން އެކަމުން މިއަދުން ފެށިގެން ދުރުވުމަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

" ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމުގައިވާތީ، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައަޅަމާތޯ!." ރައީސް އެކްސްގައި ކުރެެއްވި ޕޯސްޓްގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވަނީ ކެންސަރު ބަލިން ރައްކާތެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަދައިގެންފައެވެ. އެގޮތުން ކެންސަރު ބަލިން ރައްކާތެރިކަން ކަށަވަރުކުރުމާއި, ދުރާލާ ކެންސަރު ހުންނަކަން ދެނެގަނެ އަވަސް ފަރުވާ ޔަޤީންކުރުމާއި، ކޮންމެ މީހަކަށްވެސް ހަމަހަމަކަންމަތީ ފަރުވާ ދެވޭކަން ކަށަވަރުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް