ads
ހުޅުމާލޭ ހޮސްޕިޓަލުގައި ކެންސަރު ބަލީގެ މީހުން ފަރުވާދޭ ވޯޑް
މާލޭގައި ކެންސަރަށް ފަރުވާ ހޯދާމީހުންގެ އަދަދު 1600 މައްޗަށް
މާލޭ ސަރަހައްދުން ކެންސަރަށް ފަރުވާ ހޯދާ މީހުންގެ އަދަދު 1600 މައްޗަށް އަރާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
Advertisement

އެޗްޕީއޭއިން ބުނީ ކެންސަރަށް ފަރުވާ ހޯދާ މީހުބްގެ ދަފްތަރު ފުރިހަމަ ކުރަމުން އަންނަކަމަށެވެ. މި ދަފްތަރު ދައްކާ ގޮތުން މާލޭ ސަރަހައްދުގައި ކެންސަރަށް ފަރުވާ ހޯދާ މީހުންގެ އަދަދު 1600 ވުރެ މައްޗަށް އަރާކަމަށް އެޗްޕީއޭއިން ބުނެއެވެ. 

އެ އިދާރާއިން ބުނީ ރަށްރަށުގައި ތިބި ކެންސަރު ބަލި މީހުންގެ މައުލޫމާތު ދަފްތަރުގައި ހިމެނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. 

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުގައި އެންމެ ގިނައިން ފެންނަމުންދަނީ އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރެވެ. މީގެ އިތުރުން ތައިރޮއިޑް އަދި ލޭގެ ކެންސަރުވެސް މާލޭގައި ގިނަވަމުން އަންނަކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވާ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ އަތޮޅުގައެވެ.  

ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ މީހުންގެ ނިސްބަތް 84 ޕަސަންޓަށް އަރާއިރު، އޭގެ ތެރެއިން 17 ޕަސަންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް