ads
ލަންކާއާ ރާއްޖެ
"ރާއްޖެއާ ލަންކާ ގުޅުން ބަދަހި އަދި ވަރުގަދަ": ރައީސް
ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 77 ވަނަ މިނިވަން ދުވަހާ ގުޅިގެން އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކޮށް ފޮނުވި މެސެޖެއްގައެވެ.  

ރައީސްގެ މެސެޖުގައި ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ގުޅިގެން މަސައްކަތް ކުރުމާއެކު އިޖުތިމާއީ، އަދި އިގްތިސާދީ ކުރިއެރުމަށް ހުރި ފުރުސަތުތައް ހޯދުމަށާއި ސަރަޙައްދީ ހަމަޖެހުމަށާއި ސުލްހައާއި ލާބައަށް ދެ ޤައުމު ގުޅިގެން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.

ސްރީލަންކާގެ ރައީސް ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑރ އަމަރަސޫރިޔާއަށް،  ވަކިވަކިން ރައީސް ފޮނުއްވި މި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ސްރީލަންކާއަށް މިނިވަންކަން ހޯދުމުގެ ދަތުރުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށްޓަކައި ރައްޔިތުން ދެއްކި އަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައިވެއެވެ. 

އަދި ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ދެޤައުމުން ހިއްސާކުރާ އެއްގޮތް ސަގާފީ މުއާމަލާތްތައް އިތުރުވެ، ގާތް ސަރަހައްދީ ދެ ޤައުމުގެ ހައިސިއްޔަތުން އެއް ޤައުމު އަނެއް ޤައުމަށް ދިމާވާ ގޮންޖެހުންތަކާއި ދެޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރާކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ، އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް، ދެޤައުމު ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަން ރައީސް ޑރ. މުއިއްޒު ވަނީ ފާހަގަކުރައްވާފައިވެއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފުވެސް ވަނީ ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މި ދުވަހަކީ ޤައުމީ ކުރިއެރުމާއި އެއްބައިވަންތަކަން ހޯދުމުގައި ސްރީލަންކާގެ ރައްޔިތުންގެ ވަރުގަދަ އަޒުމާއި ހިތްވަރުގެ ނިޝާނެއްކަމަށެވެ.

ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ އިސްތިޢުމާރީ ހިމާޔަތުގެ ދަށުން އެ ޤައުމު މިނިވަންވި ދުވަހާ ގުޅުވައިގެންނެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން އެ ގައުމު މިނިވަންވީ 1948 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް