މި ހިނގާ ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯހުގެ ފުލުހުން ބައިވެރިވެ ލޭ ހަދިޔާ ކޮށްފައިވެއެވެ. މިފަދަ ޕްރޮގްރާމުތަކަކީ މި ޚިދުމަތުގެ ފަރާތުން ވަރަށް ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ ޕްރޮގްރާމުތަކެކެވެ.
ދާދި ފަހުން ވަނީ ބަނގުލަދޭޝްގެ ހައިކޮމިޝަނުންވެސް ލޭ ހަދިޔާ ކުރުމުގެ ކޭންޕް އެއް ބާއްވާފައެވެ.