ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ އޭނާގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީއާ ކަމަށެވެ.
ޔޫތާއި ސްޕޯޓްސް އެއްކޮށް ހިންގި އިރު، 2018 ވަނަ އަހަރުގެ މޭ މަހު ހުސައިން ޝަރީފް ޕީއެސްގެ މަގާމަށް އައްޔަން ކުރެވުނެވެ. މިހާރު އެކްޓިން ޕީއެސްގެ މަގާމު ފުރުއްވާ އަލީ ޒަކީ ވަނީ މީގެ ކުރިން ވެސް 2016 އާއި 2018 އާ ދެމެދު އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާފައެވެ.