މިކަން އަންގައި ބްރޯޑްކޮމްއިން ރާއްޖެ ޓީވީއަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ރާއްޖެޓީވީން މިދިއަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ބްރޯޑްކާސްޓުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ ކޮންޓެންޓް ބަލައި އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
ބރޮޑް ކޮމް އިން ރާއްޖެ ޓވީ އަށް ފޮނުވި ސިޓީ
އެހެން ކަމުން، ހަވާލާދީފައިވާ އެ މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން އެ ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ބްރޯޑްކޮމް އިން ވަނީ އެދިފައެވެ.
ބްރޯޑްކޮމް އިން ރާއްޖެ ޓީވީއަށް ފޮނުވި މި ލިޔުމުގައިވާ ގޮތުން މި ލަވައިގެ މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުގައެވެ.