މޮގޮތުން 1800 މީޓަރގެ ދިގު ރަންވޭއަކާއެކު ހަދާ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ހަދަންފެށި މި އެއާޕޯޓުގެ މަސައަކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން އެ މަސައްކަތް ފެށީ ރައީސް މުއިޒުގެ ވެރިކަމަށް ދުވަސްކޮޅެއް ފަހުންނެވެ.
އެ މަޝްރޫ ގެ މަސައްކަތް ކުރަ،މުންދާ ކުންފުނިން މީޑިއާތަކާއި ހިއަސާކުރި މައުލުމާތުގައި ވާގޮތުން އެއާޕޯޓްގެ ރަންވޭގައި އޭބީސީ އެޅުމުގެ 56 އިންސައްތަ މަސައްކަތާއި ޓާމިނަލް ބިލްޑިންގް އިމާރާތުގެ 53 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
އޭގެ އިތުރުން ފަޔާ ބިލްޑިންގް އިމާރާތުގެ 24 އިންސައްތަ މަސައްކަތް ވެސް ވަނީ ފުރިހަމަ ކުރެވިފައި ކަމަށް އެ ކުންފުނިން ބުންޏެވެ
މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަކީ 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޕްރައިވެޓް ޖެޓު ޖެއްސޭ ފެންވަރަށް، ޖެޓު ކްރޫއިންނަށް ހާއްސަ ހޮޓަލަކާއި އެހެނިހެން އިންތިޒާމުތައް ހިމެނޭ އެއާޕޯޓެކެވެ.