ފުލުހުން ބުނީ ކަނބާ އައިސާރަނި ހިނގުން އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްލުމުން އެމީހާއަށް ފަރުވާދެމުން އަންނަކަމަށެވެ. މިމީހާއަށް ހަމަލާދީ ސައިކަލެއްގައި އައި ދެމީހަކު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ޒަހަމްވީ މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައިކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފަހަކަށް އައިސް އަނެއްކާވެސް މިވަނީ މާލޭގައި މާރާމާރީތައް އިތުރުވެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;