
އައިޖީއެމްއެޗް ހޮސްޕިޓަލް
މާރާމާރީއެއްގައި ދިވެއްސަކަށް މަރުތޭލަކުން ހަމަލާދީފި
ގުފްތަގް އަޖީރު
04 ފެބްރުއަރީ 2025 - 22:05:01
މިއަދު ހެނދުނު މާލޭގައި ހިނގި މާރާމާރީއެއްގައި ދިވެހި ފިރިހެނަކަށް މަރުތޭލަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.
ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:41 ގައި ކަނބާ އައިސާ ރަށީގައި އައި.ޖީ.އެމް.އެޗް ކައިރީގައެވެ. އަނިޔާ ލިބުނު މީހާ ވަނީ ފަރުވާ ދިނުމަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި މައްސަލައިގައި ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދިން ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލް އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ދަނީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް