ads
ފޮޓޯ:ސްޓެލްކޯ
ގައްޒާއަށް އެހީވުމުގެ ހަރަކާތެއްގައި ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން 126،560 ރުފިޔާ
ގައްޒާއަށް އެހީވުމުގެ ގޮތުން ހިންގި ހަރަކާތެއްގައި ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން 126،560 ރުފިޔާ ހަދިޔާކޮށްފިއެވެ.
Advertisement

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލް، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްއިއްޔާތަކާ ގުޅިގެން، ފަލަސްތީނުގެ ގައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ވަނީ ހާއްސަ ހަރަކާތެއް ހިއްގާފައެވެ.

"ހެލްޕް ގައްޒާ - ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ހިންގުނު ހައިރާތީ ހަރަކާތުން ޖުމްލަ 260,800 ރުފިޔާ ވަނީ އެއްކުރެވިފައެވެ.

ސްޓެލްކޯއިން ބުނީ މީގެ ތެރެއިން 126,560 ރުފިޔާ އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ ކަމަށެވެ.

"މިފަދަ އިޖްތިމާއ ހިދުމަތުގެ މަސައްކަތްތަކުގައި މި ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވެ، އެ ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން އަންނަނީ އެފަދަ ގިނަ ހަރަކާތްތަކުގައި ބައިވެރިވެ އެކި އެކި ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް