ads
ޖުމައްޔިލް ނިމާލް (ޖުމަލް)-- ފޮޓޯ: ޓްވިޓާ/ ޖުމަލް
ޖުމަލްގެ އުފަން ދުވަހު ފޭނުންނަށް މެސެޖެއް!
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ވަރުގަދަ ފިރިހެން ތަރި، ޖުމައްޔިލް ނިމާލް (ޖުމަލް) ގެ އުފަން ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު، އޭނާ މިވަނީ ފޭނުންނަށް ހާއްސަ މެސެޖެއް ހިއްސާކޮށްފަ އެވެ.

އެ މެސެޖު ފޭނުންނާ ހަމައަށް ހިއްސާކޮށްފައި ވަނީ ޖުމަލްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ނެރުނު ވީޑިއޯއެއްގެ ގޮތުގަ އެވެ. 

ޖުމަލް ބުނެފައި ވަނީ މި ދަނޑިވަޅަކީ އެންމެން ވެސް ހާސްނުވެ، އެއްބައިވަންތަކަމާއެކު މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. 

"އެންމެ މުހިއްމު ކަމަކީ ގޭގައި މަޑުކުރުން. ސާފުތާހިރުކަން އިސްކުރުން. ގާތްދުރުކަން ކަށަވަރުކުރުން. އަދި އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލެނބުން،" އެ ވީޑިއޯ މެސެޖުގައި ވެއެވެ. 

މި ބަލި ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ރާއްޖޭގެ އެންމެންގެ ވާޖިބެއް ކަމަށް ޑާކް ރެއިން އެންޓަޓެއިންމަންޓުން ތައްޔާރު ކުރި އެ ވީޑިއޯގައި ޖުމަލް ވަނީ ބުނެފަ އެވެ. 

ކޮވިޑް-19 މާލޭގައި ފެތުރެން ފެށިއިރު، ޖުމަލް ވަނީ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ބިރުވެރި ފިލްމު "ބަޅިނދު" އަދި ލޯބީގެ ފިލްމު "ނޮވެމްބާ" ގެ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް