މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 4 މީހެކެވެ. މި ތިން މީހުންނަކީ ފުލުހުން އެ އައްޑާއަށް ވަންއިރު އެތަނުގައި ޑްރަގު ބޭނުންކުރަން ތިބި މީހުންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ އަންނާރުމާގޭ އުމުރުން 37 އަހަރުގެ މުހައްމަދު ސިޔާހާއި، ފުވައްމުލައް، ދޫޑިގަން ލަންސިމޫގޭ އުމުރުން 39 އަހަރުގެ ޖިނާން އަނީސް އާއި ގއ. ކޮލަމާފުށީ ނިވައިދަށުގޭ
އުމުރުން 60 އަހަރުގެ މުހައްމަދު ޝައުގީ ހުސައިން އާއި ރ. ދުވާފަރު ޗަންޕާގޭ އުމުރުން 36 މުހައްމަދު އަބްދުއްޝަކޫރުއެވެ.
މި މީހުންގެ ތެރެއިން މި އައްޑާގައި ވިޔަފާރީގައި އިސްކޮށް ހުރީ ތ. ތިމަރަފުށީ އަންނާރުމާގޭ، މުހައްމަދު ސިޔާހްއެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާދީފައެވެ. ބާކީ ތިބި 3 މީހުންގެ ބަންދަށް ޖެހީ ކޮންމެ މީހަކަށް ހަތް ދުވަހެވެ.
ފުުލުހުން ބުނީ މާފަންނުގައި ހިންގަމުން އައި މި ޑްރަގް އައްޑާ ރެއިޑް ކުރި އިރު އެތަނުގައި މަސްތުވާތަކެތި އަޅާފައިވާ ކަމަށް ބެލެވޭ ރަބަރު ޕެކެޓާއި ބޭނުންކޮށް އަންދާފައިވާ ފޮއިލްތަކާއި ޕައިޕްތައް ހުރިކަމަށެވެ.