ފުލުހުން ބުނީ މިމިހާ ވަގަށް ނެގި ފޮށިގަނޑަކީ ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ސީޕްލޭން ޓާމިނަލް ކައުންޓަރު ކައިރީގައި ބަހައްޓާފައި ހުރި ފޮޑިގަނޑެއްކަމަށެވެ. އަދި މިމިހާ މި ފޮށި ވަގަށް ނަގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަދުވަހުކަމަށް ފުުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މީހާ ހޯދަން މިހާތަނަށް ކުރި މަސައްކަތުން މީ ކާކުކަން ދެނެގަނެވިފައި ނުވާކަމަށެވެ. ފުލުހުން ވަނީ މީނާ އެ ފޮށި ގަނޑު ނަގައިގެންދާ ވީޑިއޯ އާއްމުކޮށްފައެވެ.
މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅާ އަންގާދިނުމަށް ފުލުހުން އެދެެއެވެ.