ads
ޕޮލިސް މައި އޮފީސް
ކެފޭތަކުން އޮޅުވާލައިގެން ކައި އުޅޭ ޒުވާނަކު ބަންދުކޮށްފި
މާލޭގެ ކެފޭތަކުން ކައިގެން ފައިސާ ނުދެއްކުމުގެ މައްސަލައިގައި އދ. މާމިގިއްޔަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނެއް ބަންދުކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ހައްޔަރުކުރެވުނު ޔާޝިން ރަޝީދަކީ މީގެ ކުރިންވެސް މިފަދަ އެތައް މައްސަލައެއްގައި ހިމެނޭ ފަރާތެއްކަން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެއެވެ. އޭނާގެ އާއިލާއިން ދިން މައުލޫމާތުން ވެސް މިކަން ކަށަވަރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެލި އަޑުއެހުމުގައި ޔާޝިން ބުނެފައިވަނީ، ކެފޭއިން ކެއުމަށްފަހު އޭނާގެ ބޭބެ ފައިސާ ޓްރާންސްފަރ ކުރި ކަމަށެވެ. ނަމަވެސް އެކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

ކޯޓުން ވަނީ ޔާޝިން 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ވަކީލެއްގެ އެހީތެރިކަން ބޭނުންތޯ ކޯޓުން ސުވާލުކުރުމުން، އޭނާ ވަނީ ބޭނުން ނުވާކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް