މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާގައި، ރިސޯޓުގެ މެނޭޖަރު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން އައި މީހަކު ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގިއެވެ. އަނިޔާގެ ސަބަބުން އޭނާ ވަނީ ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.
ހަމަލާ ދީފައިވަނީ މުވައްޒަފުންގެ ސާވިސް ޗާޖާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ. އަދި މި ހަމަލާގައި ބައިވެރިވީ ރިސޯޓުގެ މުވައްޒަފުންތަކެއް ކަމަށް ބެލެވޭކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ރިސޯޓުގެ މުވައްޒަފެއް މައުލޫމާތު ދިންގޮތުގައި، ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މެނޭޖަރު ވަނީ ހަމަ އެރޭ ދޫކޮށްލާފައެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.