ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ބަލަސުބްރަމަނިއަން ހަމަޖެއްސީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެނާ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުން އޮތީ މިދިޔަ މަހުގެ 6 ވަނަދުވަހުއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ 2026ގެ ސެޕްޓެމްބަރުގެ ނިޔަލަށް ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
މި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީއެވެ.
ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވެއެވެ. މި މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;