ހެލްތު މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓްރީގެ އޮފިޝަލަކު ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކާ މެދު އަޅާފައިވާ ފިޔަވަޅެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި އަދި ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ދިވެހި ފިރިހެނެއްގެ ފުރަގަސް ފަރާތުން އޮޕަރޭޝަނެއް ކޮށްގެން ވަނީ ނަގާފައެވެ. ލީކުވެފައިވާ ފޮޓޯތަކުގައި ސެންޓު ފުޅިއަކާއި، އެކްސްރޭގެ ފޮޓޯތައް އަދި ޕޭޝަންޓުގެ ފޮޓޯއެއްވެސް އަންނަނީ ދައުރުވަމުންނެވެ.
މި މައްސަލައިގައި ހިމެނޭ ފަރާތުގެ އޮޕަރޭޝަނަށްފަހު ނަގާފައިވާ ފޮޓޯއާއި އެހެނިހެން މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.