
މާލޭ އިމާރާތެއްގައި އަލިފާން ރޯވެފައި: ފައިލް ފޮޓޯ
މާލޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް
ގުފްތަގް އަޖީރު
05 ފެބްރުއަރީ 2025 - 23:21:10
މާލޭގައި އަލިފާނުގެ އަނެއް ހާދިސާއެއް މިއަދު ހިނގައިފިއެވެ.
މިފަހަރު އަލިފާން ރޯވެފައިވަނީ ހ. ކުއްޅަވައްދޮށުގޭގެ 3 ވަނަ ފަންގިފިލާގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގުމާ ގުޅިގެން ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ޓީމުތައް ވަނީ އެސަރަހައްދަށް ފޮނުވާފައެވެ. އަދި މި ވަގުތު ސިފައިންގެ ޓީމުތައް ދަނީ ހާދިސާ ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އަވަދިނެތި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ވެފައިވާކަން ނުވަތަ ގެއްލުން ލިބިފައިވާ މިންވަރާމެދު އަދި އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސަބަބު ވެސް އަދި ވަނީ ސާފުނުވެއެވެ.
މާލޭގައި މިފަދަ އަލިފާނުގެ ހާދިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭއިރު، އެމްއެންޑީއެފުން އަންނަނީ މިފަދަ ހާދިސާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް