ފުލުހުން މިރޭ އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ މަގުތައް ބަންދުކުރުން ކުރިއަށްދާނީ މާދަމާ ހެނދުނު 7:00 އިން ފެށިގެން މަޖިލީހުގެ ޖަލްސާ ނިމެންދެން ކަމަށެވެ. މި ގޮތުން ޖުމްހޫރީ މައިދާނާއި މަޖީދިއްޔާ ސްކޫލާ ދެމެދުގެ މަގުތައް ބަންދުކުރާނެއެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ގޮތުން، މާދަމާ ހެނދުނު 9:00 ގައި ބާއްވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ދެއްވާ ދެ ވަނަ ރިޔާސީ ބަޔާނެވެ.