ads
"އޯތެންޓިކް މޯލްޑިވްސް" ބްރޭންޑްގެ ދަށުން ދިވެހި އުފެއްދުންތައް ޖަޕާން މާކެޓަށް. ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީން ދިވެހި އުފެއްދުންތެރިކަމަށް ޓިކްޓޮކް މުބާރާތެއް ފަށައިފި
އިކޮނޮމިކް މިނިސްޓްރީން ދިވެހި އުފެއްދުންތެރިކަން ޕްރޮމޯޓް ކުރުމަށް ފައިސާގެ އިނާމު ހިމެނޭ ޓިކްޓޮކް މުބާރާތެއް ފަށައިފި އެވެ.
Advertisement

މި މުބާރާތަކީ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ މައުރަޒު 2025 އާ ގުޅުވައިގެން ބާއްވާ މުބާރާތެކެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި މުބާރާތުގެ މައި އިނާމުގެ ގޮތުގައި 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ކޮންމެ މަހަކު އެންމެ މޮޅު ވީޑިއޯއަކަށް 3،000 ރުފިޔާގެ އިނާމެއް ދޭން ވެސް ވަނީ ނިންމާފަ އެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ވީޑިއޯތައް ވަޒަންކުރާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނައިން، 40 ޕަސަންޓް މާކްސް ދޭނީ އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށެވެ. އަދި ވީޑިއޯގެ ކޮންޓެންޓާއި އެންގޭޖްމަންޓަށް 30 ޕަސަންޓް މާކްސް ދޭން ވަނީ ނިންމާފަ އެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިވެހި އުފެއްދުންތެރިކަން ދައްކުވައިދޭ ވީޑިއޯތައް ޓިކްޓޮކަށް އަޕްލޯޑްކޮށް، @maldives.expo ޓެގު ކުރަން ޖެހޭނެ އެވެ. އަދި #dhiveheengemauraz25 ނުވަތަ #expomaldives25 ހޭޝްޓެގް ބޭނުންކުރަން ޖެހޭނެ އެވެ. މި މުބާރާތް ކުރިއަށް ދާނީ އޭޕްރީލް 30 ގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް