ads
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އާއިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޖޭއެސްސީގެ މެމްބަރު ކަމަށް ޝުޖޫން އައްޔަންކުރައްވައިފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
Advertisement
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ޝުޖޫން އައްޔަންކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމުމާ ގުޅިގެން އޭނާ އަށް މިއަދު ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ޝުޖޫން އައްޔަންކުރައްވާ އޭނާ އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝުޖޫން ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާފަ އެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.

ޝުޖޫންއަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖޫން އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް