ރައީސްގެ ދެކަނބަލުންގެ އިސްތިގުބާލުގައި ހުންނެނެވި އަބްދުއްރަހީމްގެ ދެ ކަނބަލުންނެވެ.
ރައީސްއަށް މަރުހަބާ ދެންމެވުމަށް އަބްދުއްރަހީމް ނުކުންނަވާފައިމިވަނީ އެ ބޭފުޅުންގެ މަދުގެ ހިޔާލު ތަފާތުވުން އުފެދި ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އިއްޔެ ބޭއްވި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންވެސް އަބްދުއްރަހީމް ނެތި މަޖިލީހުގައި ނައިބު ރައީސް އަހްމަދު ނާޒިމް ރިޔާސަތު ބަލަހައްޓަވާ ކުރިޔަށް ގެންގޮސްފައި ވަނިކޮށެވެ.
ރައިސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނާއި އެންމެ އަރިސްކޮށް ހުންނެވި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އަދި މި ކަންތަކުގެ ތެރެއިން އަބްދުއްރަހީމާއި ގުޅުން ހުރި ބައެއް ބޭފުޅުން ވަނީ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައެވެ.
އެގޮތުން ޓްއަރިޒަމް މިނިސްޓާރިކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ކުއްލި ގޮތަކަށް މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކޮށްފައެވެ. އަދި ފައިސަލް މަގާމުން ވަކިކުރިތާ ހަފްތާއެއް ނުވަނީސް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ވަޖީހަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުންގެ ބަފާބެއެވެ. ވަޖީހުގެ ދަރިކަލުން އަހުމަދު ހިޝާމް ވަޖީހު ހުންނެވި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައެވެ.
މި ދެބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރަކުން ހާމައެއް ނުކުރެއެވެ.