ads
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް މިއަހަރު އޮކްޓޫބަރުމަހުގެ ކުރިން ހުޅުވާނެ : ރައީސް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ މިއަހަރަށް އެމަނިކުފާނު ދެއްވާ ރިޔާސީ ބަޔާނުގައެވެ. 

ރައީސްް ޑރ މުިއއްޒު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މިއަހަރުގެ އޮކްޓޫބަރުގެ ކުރިން ހުޅުވޭނެކަމަށެވެ. އަދި އެއާއި އެކު ހަނިމާދޫ އެއާޕޯޓާއީ އައްްޑޫ ގަން އެއާޕޯޓް މި އަހަރު ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މ.މުލީ އެއާޕޯޓް މިއަހަރުގެ އެޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ޓާމިނަލުގެ މަސައްކަތްތައް ނިންމުމަށް ސައުދީ ފަންޑުން އިތުރު 100 މިލިއަން ޑޮލަރު ދިނުމަށް އެ ގައުމުން އެއްބަސްވެފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަޝްރޫއަށް މިހާތަނަށް އެ ފަންޑުން 99.8 މިލިއަން ޑޮލަރާއި ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރާއި އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރުގެ އިތުރުން އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ނަގާފައެވެ.

ރައީސް ވިދާޅުވީ ވެލާނާ އެއާޕޯޓްގެ އިތުރުން އެމަނިކުފާނު ވައުދުވެޑައިގެންނެވި އެއާޕޯޓްތަކުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ކުރިޔަށް ދާނެކަމަށެވެ. 

" މީގެ އިތުރުން އަޅުގަނޑު ވައުދުވެފައިވާ ފަދައިން، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއަރޕޯޓްގެ މަސައްކަތް މިއަހަރު އެކި މަރުހަލާގައި ކުރިއަށްދާނެ. މީގެ އިތުރަށް ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑު ވައުދުވެފައިވާގޮތަށް މަސައްކަތްތައް މިއަހަރު ފެށިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ވޭލާނާ އެއާޕޯޓްގެ އާ ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރެވޭ 78 ހާސް އަކަ މީޓަރުގެ ޒަމާނީ ވަސީލަތްތަކާ އެކު ހެދޭ ޓާމިނަލެކެވެ. މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށްވުރެ ފަސް ގުނަ ބޮޑު ހިދުމަތެކެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް