ads
ރައީސް ޑރ. މުއިއްޒު ރ. ހުޅުދުއްފާރުގެ ރަށު ކައުންސިލާއި، އތމ ކޮމެޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މިއަހަރު ސިވިލްސާވިސްއާ ކައުސިލްތަކުގެ މުވައްޒަފުން މުސާރަވެސް ބޮޑުވާނެ: ރައީސް
މިއަހަރު ސިވިލްސާވިސް މުވައްޒަފުންނާއިއެކު ކައުސިލްތަކުގެ މުވައްޒަފުން މުސާރަވެސް ބޮޑުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުން މަޖލިސް ހުޅުވާދެއްވަމުން އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ޑރ  މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގެ މަސްއޫލިއްތާ އެކަށޭނަ ހައިބަތު ވަޒީފާ އަދާކުރާ ވެށްޓާ އިމާރާތުން ވެސް ސޫރަވެ، މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެށްޓެއް ގާއިމުކޮށްދީ، ކައުންސިލްތަކަށް ދޭން ޖެހޭ ފުރިހަމަ އިހްތިރާމާއި ގަދަރުދީ އެ އަހްލާގު އުފެއްދުމަކީ އެމަނިކިފާނު ގަބޫލުކުރައްވާ އުސޫލުކަށެވެ. އެގޮތުން ކައުންސިލް އިމާރާތައް އަޅަން ފެއްޓެވީ އެ ސަބަބަށްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ. މިއާއި އެކު ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލު އަންނަޖެހޭކަމަށާއި މި އަހަރު އެކަންވެސް ކުރައްވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

" އަޅުގަނޑު ވަޢުދުވެފައިވާ ފަދައިން ކައުންސިލްތަކުގެ މުއައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެންނަން ޖެހޭނެކަމަށްވެސް ޤަބޫލްކުރަން. އިރާދަ ކުރެއްވިއްޔާ މިއަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސާވިސްގެ މުއައްޒަފުންނާ ޖުޑިޝަރީގެ މުއައްޒަފުންނާއެކު ކައުންސިލްތަކުގެ މުއައްޒަފުންގެ މުސާރަވެސް ހާމަނައިޒްކުރެވި ބޮޑުކުރާނެ ވާހަކަ އުފަލާއެކު ދަންނަވަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލްތައް ބާރުވެރިކުރުމަށް އިސްކަމެއްދޭހެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބާރުވެރިކުރުމަށް އިސްކަމެއް ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ އެލަވަންސާއި އެހެނިހެން އިނާޔަޔްތައް ދިނުމަށް ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަންޖެހޭ އިސްލާޙުތައް މި މަހު ހުށަައަޅުއްވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" މި ދެ އިސްލާހްގެ ނަތީޖާއަކަށް ވާނީ މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބުން. އަދި އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް ހައްލު ލިބުން." ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ވަނީ 105 ކައުންސިލް އިމާރާތް ކުރުމަށް ނިންމާފައެވެ. މީގެތެރެއިން 55 ކައުންސިލް އިމާރާތްކުރަން ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ކުންފުންޏަކާއި އެވެ. ދެން ހުރި ކައުސިލްތައް އިމާރާތް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. 

ދާދިފަހުން ރައީސް ޑރ. މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި މީގެތެރެއިން ބައެއް ކައުންސިލްތަކުގެ އާ އިމާރާތުގެ ބިންގާ ވަނީ އަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް