މިއަހަރަށް ރައްޔިތުން މަޖިލިސް ހުުޅުއްވާ ދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ޤައުމުގެ ކަންކަން ރަނގަޅުކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް 35 ބިލު ހުށައެޅުއްވިކަމަށެވެ. ރައްޔިތުންގެ މަޖިލީހުން 30 ބިލު ފާސްކޮށްފައިވާކަމަށާއި އޭގެތެރޭގައި 21 ޤާނޫނަކަށް އިސްލާހު ގެނައުމުގެ ބިލަކާ މުޅިން އާ 8 ބިލެއް އަދި ޤާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމުގެ ބިލެއް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައިސް ޑރ މުއިއްޒު ވިދާޅުވީ ގާނޫނު އަސާސީއަށް މުހިއްމު އިސްލާހުތަކެއް ގެނަައުމަށް މިއަހަރުވެސް މަޖިލިހަށް ހުށައަޅުއްވާނެކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި މަޖލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށައަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުވެސް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާންޖެހޭ ކަންކަމުގައި އެވޯޓު ނެގޭނެ ގޮތުގެ ޤާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވާތީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރު ހުށައަޅާނެކަމަށް ރައީސް ވިދާޅުވި ބައެއް ބިލްތައް
- ބިމުގެ ބިލް
- ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
- ބޯހިޔާވަހިކަމުގެ ބިލު
- މޯލްޑިވްސް އިންޓާނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލު
- އެންޓި ކޮރަޕްޝަންގެ ޤާނޫނަށާއި ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް
- އެސެޓް ރިކަވަރީއާބެހޭ ބިލް
މި ހުރިހާ ބިލެެއްވެސް މިއަހަރު މަޖިލިހަށް ހުށައަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.