ads
ހުޅުމާލޭ: ފޮޓޯ ބީބީސީ
ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރު ތެރޭ ފަށާނީ
ސުޕީރިއާ ކޯޓު ކޮމްޕްލެކްސް، މިއަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަަމަ ދައުރު ހުޅުވާދެއްވާ މަޖިލީސް ތެރޭ ރިޔާސީ ބަޔާން އިއްވަމުންނެވެ.

ރައީސް ޑރ.މުއިއްޒު ވަނީ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުން ކަމަށް ފާހަގކޮށްފައެވެ.

އެކަށީގެންވާ އަވަސް މިނެއްގައި އަޑުއެހުންތައް ތާވަލްކޮށް، މައްސަލަތައް ކުރިއަށް ގެންދިއުމަކީ، މިހާރަށް ވަރަށް މުހިއްމު ކަމެއް ކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނުހަނު އިސްކަންމެއް ދޭކަމަށެވެ.

"މިގޮތުން ސުޕީރިއަ ކޯޓު ކޮމްޕްލެކްސް މިއަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނަން. މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓް ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެން. އެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓް ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމާލެވޭނެ ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެން ދާނީ  ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފެށިގެން ދިއުން ކަަމަށް ރައީސް ވިދަޅުވިއެވެ.

އަދި އޭގެ އިތުރު ނަތީޖާއެއްގެ ގޮތުން ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ހާއްސަ ކޯޓުތައް ގާނޫނީ ނިޒާމު ތެރެއިން ތައާރުފު ކުރައްވާނެކަމަށެވެ.

އެކި މައްސަލަތަކުގައި ބަންދުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ޖަހާފައި ތިބި މީހުންގެ އަދަދު 400 ވުރެ މައްޗަށް އަރާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން އެންމެ ގިނައީ ޑްރަގުގެ މައްސަލަލަ ތަކުގައި ބަންދުކޮށްފައި ތިބި މީހުންނެވެ. އެއީ 112 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް