ads
ފުލުހުންގެ ލައިނެއް
ބަދިގޭ މާރާމާރީ: އެކަކު އައިސީޔޫގައި، އަނެކަކު ހައްޔަރަށް
މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކު އައިސީޔޫގައި އަދިވެސް ފަރުވާ ދެމުންދާއިރު އަނެކަކު މިއަދު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި މާރާމާރީގައި ހައްޔަރުކުރި މީހާއަކީ ނޭޕާލްގެ 24 އަހަރުގެ ސިދާތާ ގުރުންގް އެވެ. އޭނާއަކީ އެ ކެފޭގެ ޝެފެކެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ސިދާތާ ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ބަންގްލަދޭޝްގެ މީހާއަށް މިހާރު ވެސް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އިއްޔެ އައިޖީއެމްއެޗުން ބުނެފައިވަނީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަމަށެވެ. 

މި މާރާމާރީގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯތަކުން ކެފޭ ތެރޭގައި އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރާއި، ޒަހަމްވެފައިވާ މީހެއްގެ އަތުގަޔާއި ގަމީހުގައި ލޭ ހުރި މަންޒަރު ފެނެއެވެ.

މިފަދަ މާރާމާރީތައް އިތުރުވަމުން އަންނާތީ، ބިދޭސީން ގިނައިން އެއްވާ ސަރަހައްދުތަކުގައި އިމިގްރޭޝަނުން ވަނީ ހާއްސަ މޮނިޓަރިން މަސައްކަތްތަކެއް ފަށައިފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް