ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތުގައި، މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާ ރައްޓެހި ޕާކިން ބިލްޑިންތަކެއް އެޅުމަށް ވަނީ ނިންމާފަ އެވެ. މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުގެ ކޮންސެޝަނަލް ފައިނޭންސިން ލިބިގެންދާނެ އެވެ.
މި މަޝްރޫއުގެ ދަށުން އެޅޭ ޕާކިން ބިލްޑިންތަކަކީ އިއާދަކުރަނިވި ހަކަތައިން ހިންގޭ އިމާރާތްތަކެއް ކަމަށްވާއިރު، މި އަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އެވެ. މިހާރު ވެސް މާފަންނު ސަހަރާ އާއި ހެންވޭރު ސަހަރާ ހުސްކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މި މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި ވެސް 6،000 ވަރަކަށް ވެހިކަލް ޕާކުކުރެވޭ ވަރުގެ 15 ޕާކިން ބިލްޑިން އެޅުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެ މަސައްކަތް ނިންމުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ.