![](https://cnm.mv/media/images/dhiraaa.jpg)
ދިރާގުގެ އެހީގައި ޝަފްރާޒް 460 ކިލޯމީޓަރަށް ފީނަނީ
ދިރާގުގެ އެހީގައި ޝަފްރާޒް 460 ކިލޯމީޓަރަށް ފީނަނީ
ގުފްތަގް އަޖީރު
06 ފެބްރުއަރީ 2025 - 20:39:43
ދުނިޔޭގެ ރެކޯޑެއް ހެދުމަށް ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރ ޝަފްރާޒް ނަސީމް ކުރިއަށްގެންދާ "އެކްރޮސް މޯލްޑިވްސް" ޑައިވިން މިޝަންގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖެހިއްޖެއެވެ.
މި މިޝަންގައި ޝަފްރާޒް ވަނީ ރާއްޖޭގެ އެންމެ އުތުރު ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމާ ހަމައަށް، 460 ކިލޯމީޓަރުގެ ދުރުމިނަށް ފީނުމަށް ރާވާފައެވެ. މީގެ އިތުރުން، ހުޅުމާލެއިން މާލެއަށް 14 ކިލޯމީޓަރުގެ ދުރުމިނަށް ފީނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދެ މިޝަންގެ ސަބަބުން ދުނިޔޭގެ ދެ ރެކޯޑު އެއްފަހަރާ ހެދޭނެއެވެ.
މި މިޝަންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި މޫދުގެ ރީތިކަން ދުނިޔެއަށް ދެއްކުމާއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ.
ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު މުހައްމަދު މިރުޝާން ވިދާޅުވީ، ދިރާގުން "ކެއަރ ފޯ ދި އޯޝަންސް" ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް އިސްކަންދޭ ކަމަށެވެ.
މި މިޝަންގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށް އޭނާ އުންމީދުކުރައްވައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް