ads
ގއ. ވިލިގިނލި. ފޮޓޯ: އަދްނާން ހަލީމް/ ފޭސްބުކް
ދެމައިން މަރުވި މައްސަލަ، މިނިސްޓްރީން އަންގައިގެން ޑޮކްޓަރު މާލެއަށް
ގއ. ވިލިނގިލީގައި އަންހެނަކު ވިހެއިތާ ގިނައިރުތަކެއް ނުވެ ދެމައިން މަރުވި މައްސަލާގައި އެ ދެމައިންނަށް ފަރުވާ ދިން ޑޮކްޓަރު މާލެ ފޮނުވާލައިފިއެވެ.
Advertisement

ވިހެއުމަށްފަހު ރޭ މަރުވެފައިވަނީ  ގއ. ވިލިނގިލި، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. ވިހޭތާ އިރުކޮޅެއް ފަހުން މަރުވެފައިވަނީ އޭނާގެ ތިންވަނަ ދަރިފުޅެވެ.  

އިއްޔެ ހެނދުނު ވިހެއުމަށް ފަހު ދެމައިންވެސް ހޭނާރާތީ އޮތީ ވެންޓިލޭޓަރުގައެވެ. ޝިއުނާ މަރުވީ މާލެ ގެންނަން ވެގެން ކޫއްޑޫ އެއާޕޯޓަށް ގެންގޮސްފައި އޮއްވައެވެ. އަދި ދަރިފުޅު މަރުވީ މާލެ ގެނެސް ފަރުވާދެމުން ދަނިކޮށެވެ. 

އެދެމައިން މަރުވުމާއި ގުޅިގެން އެކެމުގައި ހޮސްޕިޓަލްގެ އިހްމާލު އޮތްކަމަށް ބުނެ އެ ރަށު މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެ ދެމައިން މަރުވީ އެއާ އެމްބިއުލާންސްގައި ދެމައިންނަސް ބޭނުންވާ ވަރަށް އޮކްސިިޖަން ނެތިގެން ދެމައިން ގޮވައިގެން ނުފުރި ލަސްވުމުންކަމަށެވެ.

މި ދެމައިންނަށް ފަރުވާ ދިން ޑޮކްޓަރު މިނިސްޓްރީން އަންގައިގެން މިހާރު ވަނީ މާލެ ގެނެސްފައެވެ. އޭއީ ނޭޕާލަށް ނިސްބަތްވާ ފިރިހެން ޑޮކްޓަރެކެވެ. 

މި މައްސަލަ ފެންމަތިވެ ސޯޝަލް މީޑިއާގައި މީހުން ނުރުހުން ފާޅުކުރަން ފެށުމުން މި މައްސަލަ ބަލަން ފަށާގައިވާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް