ads
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
މިކާއިލަށް ތައުރީފުކުރި ޕޯސްޓް ޑިލީޓްކޮށްލައިފި، ތުހުމަތު މިނިސްޓްރީއަށް
ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް ޑިލީޓްކޮށްލައިފިއެވެ.
Advertisement

ޖަމާލުއްދީން ސްކޫލުން އަންނަނީ އެ ސްކޫލްގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން ތައުލީމު ހާސިލްކުރި ފާހަގަކޮށްލެވޭ ފަހްރުވެރި ދަރިވަރުންގެ ޕޯސްޓުތައް ފޭސްބުކުގައި ހިއްސާކުރަމުންނެވެ. 

ޖަމާލުއްދީނުން މިއަދި ވަނީ މީކާއިލް އެ ސްކޫލްގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ހޯއްދެވި ކާމިޔާބީތައް ފާހަގަކޮށް ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓުގައި މީކާއީލަކީ ރާއްޖޭގެ ތާރީހުގައިވެސް މަޖިލީހަށް ހޮވިވަޑައިގެންނެވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި ހިމެނޭ ފާހަގަކޮށްފައިވެއެވެ. އަދި ސްކޫލު ދައުރުގައި މީކާއީލަކީ ފާހަގަކޮށްލެވޭ ދަރިވަރެއް ކަން ފާހަގަކޮށް 2015ވަނަ އަހަރު ކެމްބްރިޖް ކޮމޮންވެލްތް ސްކޮލާޝިޕްގެ ދަށުން ބެޗެލާސް ޑިގްރީ މީކާއިލް ހާސިލްކުރިކަންވެސް ވަނީ ފާހަގަކޮސްފައެވެ.  

އެހެންނަމަވެސް އެ ޕޯސްޓްކުރިތާ މާގިނައިރުތަކެެއް ނުވަނީސް ސްކޫލުން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ. 

މީކާއިލް އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޭއެސްއިން ކުރި ޕޯސްޓް ޑިލީޓް ކުރީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެންކަމަށެވެ. އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލްތައް ސަރުކާރުން ވަައްދާތީ އެކަމުގެ ނުރުހުމާއި ކަންބޮޑުވުން މީކާއިލް ވަނީ ފާޅުކުރައްވާފައެވެ. 

އެހެންނަމަވެސް މި ތުހުމަތުތަކަށް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.  އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީޑިއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޖޭއެސް އިން ޕޯސްޓް ފޮހެލި މައްސަލާގައި މީކާއިލްގެ ކަންބޮޑުވުން ފެނިވަޑައިގަތީ ފޭސްބުކުން ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ގޯސްކޮށް ކަމަށާއި އެކަން ހިނގި ގޮތުގެ އެންމެ ރަނގަޅު މައުލޫމާތު އެނގިވަޑައިގަންނަވާނީ ޖޭއެސްގެ ޕްރިންސިޕަލަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް