![](https://cnm.mv/media/images/Screenshot-2024-10-20-184603.jpg)
މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، އޮޕަރޭޝަން ފަނާރުގެ ދަށުން މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގައި މި އޮޕަރޭޝަން ފެށުނު ފަހުންނެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިތުރު ފިޔަވަޅުތަކެއްގެ ގޮތުގައި ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ ކޮންޓްރޯލްކުރުމަށް އާ ގާނޫނީ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. މި ބިލުގެ ދަށުން، ގޭންގު ހަރަކާތްތަކާއި ގުޅުންހުރި ކުށްތަކަށް ހާއްސަ އަދަބުތަކެއް ކަނޑައެޅުމާއި، ކުޑަކުދިންނާއި ޒުވާނުން މިފަދަ ނުރައްކާތެރި ކުށްތަކުން ދުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅޭނެއެވެ.