ads
މާލޭ ފަޅުގައި އޮތް މަސްދޯނިތަކަށް ފުލުހުންނާއި އިމިގްރޭޝަން އަރާ ޗެކްުކުރަނީ
މާލޭ ފަޅުން "މުނިޔާ" އާއި "އުންމީދު" ނަގަން އަންގައިފި
މާލޭ އުތުރު ފަރާތު މަސްމާރުކޭޓް ސަރަހައްދުގެ ފަޅުތެރޭގައި ގިނަ ދުވަސްވަންދެން ދަތުރު ނުކޮށް އޮންނަ "މުނިޔާ" އާއި "އުންމީދު" އުޅަނދު ނެގުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.
Advertisement

ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، މި ދެ އުޅަނދުގެ އިތުރުން ނަމާއި ރަޖިސްޓަރީ ނަންބަރު ނުޖަހާ ދޫކޮށްލާފައި ހުރި ދެ އުޅަނދެއްވެސް ފަޅުން ނެގުމަށް އަންގާފައިވާ ކަމަށެވެ. މި އުޅަނދުތައް ދޫކޮށްލާފައި ހުރުމުގެ ސަބަބުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ މީހުންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އުޅަނދުތަކުގެ ވެރި މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން އުޅަނދު ނުނަގައިފިނަމަ، ކައުންސިލުން ކަނޑައަޅާ ތަނަކަށް އެ އުޅަނދުތައް ގެންދާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. މި މަސައްކަތުގެ ތެރޭގައި އުޅަނދުތަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް