![](https://cnm.mv/media/images/ZptVzIHzVPvBB4o6M0YejPn0k7Jufh2ur7ol24ap.jpeg)
ޖަމާލުއްދީން ސްކޫލުން އަންނަނީ އެ ސްކޫލްގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން ތައުލީމު ހާސިލްކުރި ފާހަގަކޮށްލެވޭ ފަހްރުވެރި ދަރިވަރުންގެ ޕޯސްޓުތައް ފޭސްބުކުގައި ހިއްސާކުރަމުންނެވެ.
ޖަމާލުއްދީނުން މިއަދި ވަނީ މީކާއިލް އެ ސްކޫލްގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ހޯއްދެވި ކާމިޔާބީތައް ފާހަގަކޮށް ޕޯސްޓެއް ކޮށްފައެވެ. އެހެންނަމަވެސް އެ ޕޯސްޓްކުރިތާ މާގިނައިރުތަކެެއް ނުވަނީސް ސްކޫލުން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ.
ޕޯސްޓް ޑިލީޓްކުރުމުން އެއީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކުރިކަމަށް ތުހުމަތުކޮށް މީކާއިލް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.
މީކާއިލްގެ މި ވާހަކަތަކަށް ޖޭއެސްއިން ވަނީ ރައްދު ދީފައެވެ. އެ ސްކޫލް ރޭ ދަންވަރު ނެރުނު ކުރު ބަޔާނެއްގައި މީކާއީލްގެ ނަންވެސް ނުބުނު ބުނީ އެ ސްކޫލުން ޖެހި ޕޯސްޓް އާއްމުކުރުމަށްފަހު ޑިލީޓްކުރަން ޖެހުނީ އެ ސްކޫލަކީ ތައުލީމީ ތަރުބިއްޔަތު ދޭ ތަނަކަށް ވެފައި ކުރީގެ ދަރިވަރެއްގެ ކިބައިން ފެނުނީ އަދު ދަރިވަރުންނަށް ނަމޫނާއަކަށް ދައްކަން ޖެހޭ އަމަލުތަކެއް ނޫންކަމަށެވެ. ވަކި ކަމެއް ސްކޫލްގެ ޕޯސްޓްގައި ނެތްނަމަވެސް އެ އިޝާރާތް ކުރަނީ އިއްޔެ ރިޔާސީ ބަޔާން އިއްވި ވަގުތު މަޖިލީހުގައި ކުރި އިހްތިޖާޖްކަމަށް ބެލެވެއެވެ.
ޖޭއެސްއިން ބުނީ މިކާއިލްގެ އަމަލުގެ ސަބަބުން އެތައް ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްލޫލަށް ލިބުނުކަމަށެވެ. އަދި ސްކޫލުން އެ ޕޯސްޓް ޑިލީޓްކުރީ އެލުމްނާއި ޕްރޮފައިލް ކޮމެޓީގެ މަޝްވަރާގެ މަތިންކަމަށްވެސް ޖޭއެސްގެ ބަޔާނުގައިވެއެވެ.
ޖަމާލުއްދީންގެ މިވާހަތަކަށް ރައްދުދެއްވާ މީކާއިލް ކުރި ޕޯސްޓްގައި ވިދާޅުވީ ރަސްމީ ބަންދު ދުވަހެއްގެ ދަންވަރު 12 ޖަހާ ބޮޑުވިފަހުން ސްކޫލަށް އަމުރުކޮށްގެން ބަޔާން ނެރުމުން އަކެނިވެސް، މި ސަރުކާރުގެ ސިޔާސީ ނުފޫޒު ސްކޫލަށް ފޯރުވާ މިންވަރު ސާފުކަމަށެވެ.
ޖަމާލުއްދީނުން މީކާއީލަށް ތައުރީފުކޮށް ކުރި ޕޯސްޓުގައި މީކާއީލަކީ ރާއްޖޭގެ ތާރީހުގައިވެސް މަޖިލީހަށް ހޮވިވަޑައިގެންނެވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި ހިމެނޭ ފާހަގަކޮށްފައިވެއެވެ. އަދި ސްކޫލު ދައުރުގައި މީކާއީލަކީ ފާހަގަކޮށްލެވޭ ދަރިވަރެއްކަން ފާހަގަކޮށް 2015ވަނަ އަހަރު ކެމްބްރިޖް ކޮމޮންވެލްތް ސްކޮލާޝިޕްގެ ދަށުން ބެޗެލާސް ޑިގްރީ މީކާއިލް ހާސިލްކުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ.