ads
ޝާހާއި ފަރާ ހާން
ޝާހްގެ " މޭ ހޫނާ" ގެ ދެވަނަ ބަޔެއް ހަދަނީ
މީގެ 21 އަހަރުކުރިން ނެރުނު ޝާހް ރުކް ހާންގެ " މޭ ހޫނާ" ގެ ދެވަނަ ބަޔެއް ހަދަން ތައްޔާރުވާން ފަށައިފިއެވެ.
Advertisement

2004 ވަނަ އަހަރު ގިނަ ބައެއްގެ މަގްބޫލުކަން ހޯދި " މޭ ހޫނާ" އަކީ ޝާހްގެ ފިލްމު ކުންފުނިން ރެޑް ޗިލީސް އެންޓަޓައިންމަންޓުން އުއްފެއްދި ފިލްމެކެވެ. ޝާހުގެ އިތުރުން ސުޝްމިތާ ސެން، ޒައިދު ހާން އަދި އަމްރިތާ ރާއޯ ފެނުނު މި ފިލްމު ޑައިރެކްޓްކުރީ ޝާހުގެ ގާތް އެކުވެރިޔާ މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ހާންއެވެ. 

މި ފިލްމުގެ ދެވަނަ ބަޔެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް އިންޑިއާގެ ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ރިޕޯޓްކުރަން ފަށާފައެވެ. އެ ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުވެސް ޑައިރެކްޓްކުރަނީ ފަރާ ހާންއެވެ. އަދި ފިލްމަށް ހަރަދުކުރާނީ ޝާހުގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓްއެވެ. 

ރިޕޯޓްތައް ބުނާ ގޮތުން މިހާރު ފަރާ ހާން ކުރަމުން އަންނަނީ ފިލްމުގެ ދެވަނަ ބައިގެން ވާހަކަ ރޭވުމުގެ މަސައްކަތެވެ. އަދި ފިލްމުގެ ސްކްރިޕްޓިންގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެސް ރިޕޯޓްތައް ބުނެއެވެ.

ފަރާ ހާން ވަނީ ޝާހް ހިމަނައިގެން މީގެ ކުރިންވެސް ފިލްމުތަކެއް ޑައިރެކްޓްކޮށްފައެވެ. އޭގެތެރޭގައި 2014ގައި ނުކުތް އެހެންނަމަވެސް މާ ބޮޑު ކާމިޔާބީއެއް ނުލިބުނު "ހެޕީ ނިއު އިޔާ" ޝާހްރުކާއި ދީޕިކާގެ އިތުރުން އަރުޖުން ރާމްޕާލް ލީޑުން ފެނިގެންދިޔަ 2007 ނުކުތް "އޯމް ޝާންތީ އޯމް" ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް