ads
ގއ. ވިލިނގިލި-- ހަލީމް ޓްވިޓާ
ދެމައިންގެ މަރު، ޖިނާއީ ތަހުގީގެއް ފަށަން ފުލުހުން ފަށައިފި
ގއ. ވިލިނގިލީގައި އަންހެނަކު ވިހެއިތާ ގިނައިރުތަކެއް ނުވެ ދެމައިން މަރުވި މައްސަލާގެ ޖިނާއީ ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
Advertisement

މިދޔަ ބުދަ ދުވަހުގެރޭ ވިހެއުމަށްފަހު މަރުވެފައިވަނީ  ގއ. ވިލިނގިލި، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. ވިހޭތާ އިރުކޮޅެއް ފަހުން މަރުވެފައިވަނީ އޭނާގެ ތިންވަނަ ދަރިފުޅެވެ.  

ވިހެއުމަށް ފަހު ދެމައިންވެސް ހޭނާރާތީ އޮތީ ވެންޓިލޭޓަރުގައެވެ. ޝިއުނާ މަރުވީ މާލެ ގެންނަން ވެގެން ކޫއްޑޫ އެއާޕޯޓަށް ގެންގޮސްފައި އޮއްވައެވެ. އަދި ދަރިފުޅު މަރުވީ މާލެ ގެނެސް ފަރުވާދެމުން ދަނިކޮށެވެ. 

މި މަރާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ މަރުވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގާފައިވާކަމަށެވެ. 

" އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންވަނީ ދިވެހި ފުލުހުންނަށް އަންގާފައި." މައްސަލަ ބަލަން އެންގިކަން ހާމަކޮށް މިނިސްޓަރު އިހްސާން ކުރެއްވި ޕޯސްޓްގައިވެއެވެ.

މި ހާދިސާގެ ތަހުގީގެއް ހެލްތް މިނިސްޓްރީންވެސް ވަނީ ފަށާފައެވެ. އެ ތަހުގީގަށް އެ ދެމައިންނަށް ފަރުވާ ދިން ޑޮކްޓަރު މިނިސްޓްރީން އަންގައިގެން އިއްޔެ ވަނީ މާލެ ގެނެސްފައެވެ. އޭއީ ނޭޕާލަށް ނިސްބަތްވާ ފިރިހެން ޑޮކްޓަރެކެވެ.  

އެދެމައިން މަރުވުމާއި ގުޅިގެން އެކެމުގައި ހޮސްޕިޓަލްގެ އިހްމާލު އޮތްކަމަށް ބުނެ އެ ރަށު މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެ ދެމައިން މަރުވީ އެއާ އެމްބިއުލާންސްގައި ދެމައިންނަށް ބޭނުންވާ ވަރަށް އޮކްސިިޖަން ނެތިގެން ދެމައިން ގޮވައިގެން ނުފުރި ލަސްވުމުންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް