ފުލުހުން ބުނީ އައިޖީއެމްއެޗްގެ އީއާރުގައި ފަރުވާ ދެމުންދިޔަ މި މީހާ މަރުވި މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:30ގައި ކަމަށެވެ
ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުންދަނިކޮށް ކުއްލިއަކަށް ތެދުވެ، ދުއްވައިގަނެގެން ދަނިކޮށް ވެއްޓުނު ކަމަށެވެ.
އެހެންނަމަވެސް އެމީހާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންދިޔައީ ތަނަކުން ވެއްޓިގެން ކަމަށް ބައެއް މީހުން ބުނިނަމަވެސް އެފަދަކަމެއް ހިނގާފައި ނުވާކަން އެނގޭކަމަށް ފުލުހުން ބުނެއެވެ. އަދި ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި ހަށިގަނޑަށް ގެއްލުމެއް ލިބިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އާއިލާގެ ފަރާތުންވެސް އެފަދަ ތުހުމަތެއްކޮށް ޝަކުވާއެއް ފުލުހުންނަށް ހުށައަޅާފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު ސާމްޕަލް ނަގާ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.