ads
ރައީސް ޑރ މުހައްމަދު މުޢިއްޒު އާއި ޕްރޮސިކުއުޓާ ޖެނަރަލް އައްބާސް ޝަރީފް
އަލަށް ކުދި ކުށް ކުރާ މީހުން ދައުވާނުކޮށް ލުއިދެނީ
ތަހްޤީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުނަށް ދައުވާ ނުކޮށް ލުއި ދިނުމަށް ނިމްމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިއަހަރަށް މަޖިލިސް ހުޅުވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތަހުގީގުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މިކަން ކުރަނީ އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައިކަމަށެވެ.

ރައީސް ވިދަޅުވީ ނަސޭހަތުގެ މި އެއްބަސްވުމުގައި އެމީހަކު ކުރާ ކުށަކާ ގުޅިގެން އެމީހެއްގެ މައްޗަށް ދަޢުވާކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ވަކި މުއްދަތަކަށް އިތުރު ކުށެއް ނުކޮށް ހެޔޮ ގޮތުގައި ދެމިހުރެއްޖެ ނަމަ، އޭނާ ކުރި ކުށާ ގުޅިގެން އޭނާގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެއްބަސްވާނެކަމަށެވެ. އަދި އެ މުއްދަތުގައި ކުށްކޮށްފިނަމަ އަދަބު ބޮޑުވެގެންދާނެކަންވެސް ރައީސް ފާހަހަކުރެއްވިއެވެ. 

" މި މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފިނަމަ، އެ ކުށަކާ ގުޅިގެން ނަސޭހަތުގެ އެއްބަސްވުން ވެވުނު ކުށާއި، ދެވަނައަށް ކުރި ކުށާއެކު، އެ ދެ ކުށަށް ދެ ދައުވާ ކޯޓަށް ހުށަހެޅިގެން ދާނެ. މީގެ ބޭނުމަކީ އަލަށް ކުދި ކުށްކުރާ މީހުންނަށް އަލުން މުޖުތަމައަށް ރުޖޫއަވުމުގެ ފުރުޞަތު ދިނުން." ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިނިޒާމު ހަރުދަނާކުރުމަށް ތަހުގީގުކުރާ ފުލުހުންނާއި ދައުލަތުގެ ވަކީލުންނާއި އަދި ދިފާއީ ވަކީލުންނަށް ހާއްސަ ތަމްރީންތައް ދިނުންފަދަ ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުން ކޮށްދެވެންހުރި ހުރިހާކަމެއް ކުރުމަށް ގަސްތުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް